އެކްސްބޮކްސް އެޕްލިކޭޝަން އެލްޖީ ސްމާޓް ޓީވީތަކަށް ލިބިއްޖެ އެކްސްބޮކްސް އެޕްލިކޭޝަން އެލްޖީ ސްމާޓް ޓީވީތަކަށް ލިބިއްޖެ

އެކްސްބޮކްސް އެޕްލިކޭޝަން އެލްޖީ ސްމާޓް ޓީވީތަކަށް ލިބިއްޖެއެވެ.
މައިކްރޯސޮފްޓުން އިއުލާނުކުރި ގޮތުގައި، އެކްސްބޮކްސް އެޕް މިހާރު ވަނީ ވަކި ބާވަތްތަކެއްގެ އެލްޖީ ސްމާޓް ޓީވީތަކަށް ތައާރަފުކުރެވިފަ އެވެ. މިއާއެކު، އެކްސްބޮކްސް ކޮންސޯލެއް ނެތި ސީދާ ކްލައުޑް މެދުވެރިކޮށް ގޭމްތައް ކުޅެވޭނެއެވެ.
އެކްސްބޮކްސް ގޭމް ޕާސް އަލްޓިމޭޓް މެމްބަރުންނަށް 25 އަށްވުރެ ގިނަ ގައުމުތަކުގައި ބްލޫޓޫތު ކޮންޓްރޯލަރެއް ބޭނުންކޮށްގެން ޓީވީން ކްލައުޑް މެދުވެރިކޮށް ގޭމްތައް ކުޅެވޭނެއެވެ. މީގެ ކުރިން، މައިކްރޯސޮފްޓުން އެމެޒޮން ފަޔާ ޓީވީ ސްޓިކަށް އެކްސްބޮކްސް ކްލައުޑް ގޭމިން ތައާރަފުކޮށްފައިވެއެވެ.
ބުދަ ދުވަހު އެކްސްބޮކްސް ވަޔާގައި ޝާއިއުކުރި ލިޔުމެއްގައި، މައިކްރޯސޮފްޓުން ހާމަކުރި ގޮތުގައި، އެކްސްބޮކްސް އެޕް ވަނީ 2022 އެލްޖީ އޯލެޑް ޓީވީތަކަށާއި، 2023 ވަނަ އަހަރުގެ ވަކި އެލްޖީ ސްމާޓް ޓީވީތަކަށާއި، އޭގެ ފަހުގެ މޮޑެލްތަކަށް ތަޢާރަފުކުރެވިފައެވެ. މީގެ އިތުރުން webOS24 ނުވަތަ އޭގެ ފަހުގެ ވަރޝަންތައް ދުއްވާ ސްމާޓް މޮނިޓަރތަކަށްވެސް މި އެޕް ލިބޭނެއެވެ. އަދި ސްޓޭންޑްބައިމީ ސްކްރީނަށްވެސް މި އެޕް އަންނާނެކަމަށް ބުނެފައިވެއެވެ.
މި އެޕް މެދުވެރިކޮށް، ގޭމް ޕާސް އަލްޓިމޭޓް ސަބްސްކްރައިބަރުންނަށް އެއްބައި ގޭމްތައް ސީދާ އެލްޖީ ޓީވީތަކުން ސްޓްރީމްކުރެވޭނެއެވެ. ނޮވެމްބަރު 2023 ގައި މައިކްރޯސޮފްޓުން ވަނީ ގަނެފައިވާ ގޭމްތައްވެސް ކްލައުޑް މެދުވެރިކޮށް ކުޅެވޭގޮތަށް ހަދާފައެވެ.
އެކަށީގެންވާ އެލްޖީ ޓީވީއެއް އޮންނަ ގޭމް ޕާސް މެމްބަރުންނަށް މިހާރު އެވޯޑް އަދި ސައުތް އޮފް މިޑްނައިޓް ފަދަ އެކްސްބޮކްސްގެ އައު ގޭމްތައް އެކްސްބޮކްސް ކޮންސޯލެއް ނެތި ކުޅެވޭނެއެވެ. އަދި އެސަސިންސް ކްރީޑް ޝެޑޯސް ފަދަ އައު ގޭމްތައްވެސް އެލްޖީ ޓީވީގެ އެކްސްބޮކްސް އެޕް މެދުވެރިކޮށް ކުޅެވޭނެއެވެ.
އެލްޖީ ޓީވީއެއްގައި މި ހިދުމަތް ބޭނުންކުރުމަށް ބޭނުންވަނީ ކަމާ ގުޅޭ ޓީވީއަކާއި، ގޭމް ޕާސް އަލްޓިމޭޓް މެމްބަޝިޕަކާއި، ބްލޫޓޫތު ކޮންޓްރޯލަރެކެވެ. މީގެ ތެރޭގައި އެކްސްބޮކްސް ވަޔަރލެސް ކޮންޓްރޯލަ ނުވަތަ ޑުއަލްސެންސް ކޮންޓްރޯލަ ބޭނުންކުރެވިދާނެއެވެ. މި ހިދުމަތް ބޭނުންކުރުމަށް، ޓީވީގެ އެލްޖީ ގޭމިން ޕޯޓަލްއަށް ގޮސް، އެކްސްބޮކްސް އެޕް ޑައުންލޯޑްކޮށް، މައިކްރޯސޮފްޓް އެކައުންޓަށް ސައިން އިންކޮށް، ކޮންޓްރޯލަ ގުޅާލުމަށްފަހު ކުޅެން ފެށިދާނެއެވެ.
އެލްޖީ ޓީވީގެ އިތުރުން، އެކްސްބޮކްސް ކްލައުޑް ގޭމިން ވަނީ ފަޔާ ޓީވީ ސްޓިކް، އެންޑްރޮއިޑް، އައިއޯއެސް، އައިޕެޑްއޯއެސް، ޕީސީ، މެޓާ ކުއެސްޓް އަދި ސެމްސަން ސްމާޓް ޓީވީތަކަށްވެސް ލިބެން ހުންނާނެއެވެ.
މި މަހުގެ ކުރީކޮޅު، މައިކްރޯސޮފްޓުން ވަނީ އެކްސްބޮކްސް ސީރީސް އެސް/އެކްސް ކޮންސޯލްތަކަށްވެސް "ސްޓްރީމް ޔުއަރ އޯން ގޭމް" ޚިދުމަތް ތަޢާރަފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ