ސްޓެލްކޯ ކޭބަލަކަށް ގެއްލުންވެ ފުރަތަމަ ފިޔަވަހީގެ ބައެއްގެގައި ކަރަންޓު ނެތް

ސްޓެލްކޯއިން ވަގުތުން ވަނީ އާ ކޭބަލެއް އެޅުމުގެ މަސައްކަތް ފަށާފަ އެވެ. ކޭބަލަށް ގެއްލުންވީ ކީއްވެގެންކަމެއް އަދި ނޭނގެ އެވެ.
ސްޓެލްކޯ އިން ހުޅުމާލޭގައި ވަޅުލާފައިވާ ކަރަންޓު ކޭބަލަކަށް ގެއްލުންވެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދު ތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. 
ގްރޭޓާ މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު އެކެއް ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ކަރަންޓުގެ ވިއުގައިގެ ކޭބަލަކަށް ގެއްލުންވެ ހިރުނދުމަގާއި އަހިގަސްމަގު ހިމެނޭ ސަރަހައްދުގެ ބަޔަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެހެންކަމުން މިކަން ހައްލު ކުރަން އައު ކޭބަލެއް އަޅައި އަލުން އެސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. 
ނަމަވެސް ކޭބަލަށް ގެއްލުންވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ސްޓެލްކޯގެ އޮފިޝަލަކު މިރޭ ވިދާޅުވީ ޝޯޓް ވެގެން ގޮސް ބެލިއިރު ކޭބަލެއްގެ މައްސަލައެއްގެކަން އެނގުނު ހިސާބުން ފެށިގެން އެ ކުންފުނިން އަވަހަސްވެ ގަތީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި މައްސަލަ ހައްލު ކުރުމަށެވެ. އެކަމަށް ވަގުތުން ކޭބަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 
އެ ކުންފުނިން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު އެކެއް ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ކަރަންޓުގެ ވިއުގައިގެ ކޭބަލްއަޅަން 130 މީޓަރުގެ އައު ކޭބަލެއް އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންދާ ކަމަށާ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ