8000 އެއްހާ ދަރިވަރުންނާއެކު މިއަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.
މިއަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި 7971 ދަރިވަރުން ބައިވެރިވާ އިރު، އޭގެތެރޭގައި ހިމެނެނީ ކެމްބްރިޖް އިމްތިހާނު ހަދާ 7666 ދަރިވަރުންނާއި އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާ 7519 ހަދާ ދަރިވަރުންނެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާން ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިޔަށް ގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 237 ސްކޫލަކާއި މާލެ ސަރަޙައްދުން 23 ސްކޫލެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
Advertisement
މިއަދު ފެށި އޯލެވެލް އިމްތިހާނުން އަންނަ މަހުގެ 11 ގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.
މިދިޔަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ އަދަދަކީ 7،501 އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ އަދަދަކީ 7،133 ދަރިވަރުންނެވެ. އެހެންކަމުން މިދިޔަ އަހަރާއު ބަލާއިރު މި އަހަރު އޯލެވެލް ހަދާ ދަރިވަރުންގެ އަދަދު ވަނީ އިތުރުވެފައެވެ.
8000 އެއްހާ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ