އެކަން އިތުރަށް ބެލިބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި، އަނިޔާކޮށްފައި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަނިޔާކޮށްފައި ހުއްޓާ ފެނުނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ސ. ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން ބަންދު ކުރަން އަމުރުކޮށްފި އެވެ.
ފުލުހުން އިއްޔެ ބުނެފައި ވަނީ މެންދުރުގެ ވަގުތެއްގައި ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތް ކުރި މަންޒަރު ފެނުނު ކަމަށެވެ. އެކަން އިތުރަށް ބެލިބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި، އަނިޔާކޮށްފައި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަނިޔާކޮށްފައި ހުއްޓާ ފެނުނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ހަތަރު މީހަކާއި 15 އަހަރުގެ ކުޑަކުއްޖެކެވެ. ފުލުހުން މިއަދު ވަނީ މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. ހައްޔަރުކޮށްފައި ވަނީ އެރަށު ވިޝަން ޑްރީމް، ސަމާހް ތައުދީގް (20އ) އާއި ގްރޭސް، މުހައްމަދު ޔައީޝް އާޒާދު (19އ) އާއި އަޝްރަފް މުހައްމަދު (22އ) އާއި މެރީ ގާޑަން، އަލީ މާޒިން ހަސަން (20އ) އެވެ. މި އެންމެންނަކީ ވެސް ހިތަދޫއަށް ނިސްބަތްވާ މީހުންނެވެ.މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ސަމާހާއި އަޝްރަފް 15 ދުވަހަށް އަދި ޔައީޝް އަދި މާޒިން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.ފުލުހުން ބުނީ މައްސަލައިގައި ހިމެނޭ 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރު ނުކޮށް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާ ކުރުން: 4 މީހުން ބަންދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ