ހދ. ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޕޯޓްސް ލިމިޑެޓާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެމްޕީއެލް އިން މަޝްރޫއުގެ ދަށުން ދަށުން ތަރައްޤީ ކުރެވޭ ބަނދަރަކީ ރާއްޖޭގެ ސަރަޙައްދީ ބަނދަރުތައް ތަރައްޤީކޮށް ދަތުރުފަތުރުގެ ވިއުގަ އަކުން ރަށްތައް ގުޅާލާ އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ތަރައްޤީ ކުރުމަށް ރާއްވާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ, ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން އެވެ.
ކުޅުދުއްފުށި ވިޔަފާރި ބަނދަރު ތަރައްގީކޮށް އުތުރަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބެއް ތަރައްގީ ކުރުން
މި މަޝްރޫޢުގެ އަމާޒަކީ ހއ, ހދ, ށ, ނ އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ޚާއްސަކޮށް ލޮޖިސްޓިކަލް ހަބެއް ތަރައްގީ ކުރުން ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށި ސިޓީގެ ބަނދަރު ކެޕޭސިޓީ އިތުރުކޮށް ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެ އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ފަދަ ވަސީލަތްތައް ގާއިމު ކުރުމަށް ވަނީ ރާވާފަ އެވެ.
މި އެއްބަސްވުމަކީ ރާއްހޭގެ އުތުރުން ދެކުނަށް ޝެޑިއުލް ކުރެވިގެން އަތޮޅުތެރެއަށް މުދާ އުފުލާނެ ނިޒާމެއް ގާއިމު ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށާ ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިންގެ އެފިޝެންސީ އިތުރުކޮށް މުދާ ގެނައުމަށް ކުރަން ޖެހޭ ހަރަދު ކުޑަކޮށް ހެޔޮ އަގުގައި އަތޮޅުތަކަށް މުސާ އެތެރެކުރުމަށް ފުރުސަތު ފަހިކޮށް ދިނުން ކަަމަށް އެމްޕީއެލް އިން ބުންޏެވެ.
ކުޅުދުއްފުށި ވިޔަފާރި ބަނދަރު ތަރައްގީކޮށް އުތުރަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ