އައްޑޫ ސިޓީގެ ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިހާރު ދުބާއީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ ޝަންގްރިލާގެ ވައިސް ޕްރެޒިޑެންޓް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ސެމުއެލް ލިމް ޔޮންގް ޕެންގްއާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ޝަންގްރިލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް އަވަސްކުރުމާއި، އައްޑޫ އަށް ދަތުރުފަތުރުގެ ހިދުމަތްތައް އިތުރުކޮށް ފަސޭހަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުންގެ ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމަކީ އައްޑޫގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ރިސޯޓް ހުޅުވުމާއެކު އައްޑޫއަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސެމުއެލް ލިމް ޔޮންގް ޕެންގް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ދާން ބޭނުންވަނީ ސަރުކާރުގެ އެހީތެރިކަންކަމަށެވެ. އެގޮތުން އައްޑޫއަށް ދަތުރުފަތުރު ފަސޭހަވެގެން ދިއުމަކީ މި މަޝްރޫއިގެ ކާމިޔާބަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް19 ގެ ދުވަސްވަރު ޝަންގްރިއްލާގެ އޮޕަރޭޝަންތައް ހުއްޓާލުމާއި ގުޅިގެން އައްޑޫއަށް އިގްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކޮށްލެވެއެވެ.
ޝަންގްރިއްލާއަށް ނޯޓިސްދީފި، މިއަހަރު ތެރޭ ހައްލެއް ހޯދޭނެ: ވަޒީރު ފައިޞަލް ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ޙިއްސާ ދޫކޮށްލައިފި ޝަންގްރިއްލާ ރިސޯޓުގައި ހިމެނޭ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިފި ޝަންގްރިއްލާ މައްސަލައިގައި ސަރުކާރުގެ ވިސްނުމަކީ ކޮ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ