ރާއްޖެ އަށް މި އަހަރު އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.
އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވައިފައެވެ.
އެއް މިލިއަން ވަނަ ފަތުރުވެެރިޔާ އަށް މަރުހަބާ ކިޔާފައި ވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމާއި އެމްއެމްޕީއާރްސީގެ ވެެރިންނެވެ.
އެއް މިލިއަން ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައީ އަވަށްޓެރި އިންޑިއާގެ ޕަޓްނާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް އެވެ. އެއީ ކާޖަލް ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރެވެ.
ކާޖަލް އޭނާގެ ފިރިމީހާއާ އެކު ރާއްޖެ އައީ އިންޑިއާގެ އިންޑިގޯ އެއާލައިންނެވެ. ކާޖަލްގެ ދެމަފިރިން ޗުއްޓީ ހޭދަކުރާނީ ބަނޑޮސް އައިލެންޑް ރިސޯޓަށެވެ.
މިއަހަރު 2.1 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުގެ އަމާޒު ކަނޑައަޅާފައިވާއިރު، މިއަހަރު އެއް މިލިއަންގެ އަމާޒު ހާސިލްވީ މިދިޔަ 2023 ވަނަ އަހަރަށްވުރެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މިދިޔަ އަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ހަމަވީ ޖޫން 27 ގަ އެވެ. އެހެންވެ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް މިލިއަން އެހާ އަވަހަށް ހަމަވި ފުރަތަމަ ފަހަރެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މޭ މަހު ރާއްޖެއަށް 135،614 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ ޒިޔާރަތްކުރި 119،873 ފަތުރުވެރިންނަށްވުރެ 13.1 ޕަސެންޓް އިތުރުވުމެކެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 176 ރިސޯޓާއި 845 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ