ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އާންމުންގެ ފަރާތުން އިންނަވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީގައި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުގެ ގޮތުގައި މިހާރު އިންނަވަނީ ޑރ. އާމިނަތު އުއްމުކުލްސޫމް އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 6 އޮގަސްޓް 2020ގަ އެވެ.
މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ހުޅުވާލާފައިވަނީ:
އޭނާގެ މެމްބަރުކަމުގެ ދައުރު އަންނަ އޮގަސްޓުގައި ހަމަވާނެތީ
މި މަގާމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަނުގައި ހުރެވޭނީ ފަސް އަހަރުގެ އެއް ދައުރަށް
އެ ދައުރު ހަމަވުމުން އެ މީހަކު އަލުން އެ ކޮމިޝަނަކަށް އައްޔަނެއް ނުކުރެވޭނެ
ތަފްސީލް - އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި މަޖިލީހުން މިއަދު ކޮށްފައިވާ އިއުލާންގައި ވާގޮތުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 3ގެ ނިޔަލަށެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ:
ދިވެހި ރައްޔިތަކަށް
އުމުރުން 30 އަހަރު ވެފައިވާ މީހަކަށް
އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުން
އިންތިހާބީ ސިޔާސީ މަގާމެއް ފުރަމުން ނުދާ މީހަކަށް
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރި ނުވާ މީހަކަށް
ޖޭއެސްސީގައި އިންނަވާ އާންމު މެމްބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ