ރަސްމާލެ ބިން ހިއްކުމަށް ފަސް ސަރަހައްދަކުން މުރަކަ ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫމާތު ދެމުން އެޗްޑީސީ އިން ބުނީ މިވަގުތު "އޭރިއާ އޭ، ބީ، އެޗް، އައި އަދި ކޭ"ގައި ހިމެނޭ 5 ސަރަޙައްދު ހިއްކުމަށްޓަކައި އެތަނުގައި ހުރި މުރަކައިގެ ދިރުންތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"އޭރިއާ ޑީ، އެފް، ޖީ އަދި އެލް"ގެ މަސައްކަތް ކުރަމުންދާއިރު މިސަރަހައްދު ހިއްކުމުގެ މަސައްކަތުގެ 9 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވެސް އެޗްޑީސީ އިން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މިގޮތުން 12 ސަރަޙައްދަކަށް ބަހާލައިގެން ހިއްކުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގައި މިހާތަނަށްވަނީ "އޭރިއާ ޖޭ" ގައި ހިމެނޭ 29 ހެކްޓަރު ހިއްކާ ނިމިފައެވެ.
2023 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ހިއްކުމުގެ މަސައްކަތް ފެށީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަކާއި ހަވާލުކޮށްގެން ނަމަވެސް މި މަސައްކަތް އަވަސްކުރުމަށް އިތުރު ކުންފުނިތަކާއި ގުޅިގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރަސްމާލެ އަކީ ތިމާވެއްޓާ ރަހުމަތްތެރި، ހުރިހާ ގިންތިއެއްގެ މީހުންނަށް ދިރިއުޅެން ފަސޭހަ "އިންކުލޫސިވް" ސިޓީއަކަށްވާނެ ކަމަށާއި އެތަން ތަރައްޤީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި އިންޓަނޭޝަނަލް މިންގަނޑުން ބެލޭނެ މިންވަރަށް ހިއްކައިގެން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރަސްމާލެ ބިން ހިއްކުމަށް ފަސް ސަރަހައްދަކުން މުރަކަ ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ