މެލޭޝިޔާގެ 27.3 މިލިއަން ޓޫރިސްޓުންގެ އަމާޒު ހާސިލެއް ނުވި

މެލޭޝިއާއަށް މިދިޔަ އަހަރު ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރި 27.3 މިލިއަން ޓޫރިސްޓުންގެ ޓާގެޓް ހާސިލު ނުވެ، އެ ގައުމަށް މިދިޔަ އަހަރު ޒިޔާރަތް ކުރީ 25 މިލިއަން ޓޫރިސްޓުން ކަމަށް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު ޓިއޯންގް ކިންގް ސިންގް އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ލިޔުމެއްގައިވާ ގޮތުން، 2024 ވަނަ އަހަރު އެ ގައުމަށް ޒިޔާރަތްކޮށްފައި ވަނީ 25 މިލިއަން ފަތުރުވެރިންނެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު %24.2ގެ ކުރިއެރުމެކެވެ. އެގޮތުން، 2023 ވަަނަ އަހަރު އެ ގައުމަށް ޒިޔާރަތްކޮށްފައި ވަނީ 20 މިލިއަން ފަތުރުވެރިންނެވެ.
މިދިޔަ އަހަރު މެލޭޝިއާއަށް އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައި ވަނީ ސިންގަޕޫރުންނެވެ. އެއީ 9.1 މިލިއަން ފަތުރުވެރިންނެވެ. ދެވަނައަށް އިންޑޮނޭޝިއާ އެވެ. އެ ގައުމުން 3.65 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ތިންވަނާގައި އުޅެނީ ޗައިނާ އެވެ. އެ ގައުމުން 3.29 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ހަތަރުވަނައިގައި އުޅޭ ތައިލެންޑުން ޒިޔާރަތް ކުރީ 1.64 މިލިއަން ޓޫރިސްޓުން އަދި ފަސްވަނައިގައި އުޅޭ ބްރޫނާއިން 1.14 މިލިއަން ފަތުރުވެރިންނެވެ. 
މެލޭޝިޔާގެ ޓޫރިޒަމް އިޝްތިހާރުކޮށް އެ އިންޑަސްޓްރީ ކުރިއެރުވުމުގެ ހަރަކާތްތަކަށް 10 މިލިއަން ރިންގިޓް ނޫނީ 2.26 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވެ އެވެ. މިއީ 2024 ވަނަ އަހަރު އެ ކަމަށް ހަރަދުކުރި 7.6 މިލިއަން ރިންގިޓާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ