ބިދޭސީންގެ މާރާމާރީ: ނޭޕާލް ކައްކާ ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހު މާވެޔޮމަގުގައި ހުންނަ 'ކެފޭ ތާސީރު-1' ތެރޭ ދެ ބިދޭސީއެއްގެ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން ނޭޕާލު މީހަކު ހައްޔަރުކޮށްފި އެވެ.
އެނގުން މުހިއްމު - ފުލުހުން ކުރިން ބުނެފައިވަނީ، އެ މާރާމާރީ ހިންގީ އެ ކެފޭގެ ކައްކާއަކަށް އުޅޭ ނޭޕާލް މީހަކާއި އެހީތެރިއަކަށް އުޅޭ ބަންގްލަދޭޝް މީހަކާ ދެމެދު ކަމަށެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކެފޭގައި ހިންގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ ސިދާތާ ގުރަންގު، 24، ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ފަސް ދުވަަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ