242 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

242 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.
މި ހާދިސާ ހިނގީ ބޯޓް ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. މިއީ އިންޑިއާ އިން އިނގިރޭސި ވިލާތުގެ ލަންޑަނަށް ކުރަން ހަމަޖެހިފައި އޮތް ދަތުރެކެވެ.
ކަމާބެހޭ އިދާރާތަކުން ބުނީ ބޯޓްގައި ތިބީ 230 ފަސިންޖަރުންނާއި 12 ކްރޫން ކަމަށެވެ. ބޯޓް ވެއްޓެނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.
ބޯޓް ވެއްޓެމުން ދިޔައިރު ބޯޓްގެ ތެރޭން ގަަދައަށް ދުން އަރަ އެވެ. އަދި ވެއްޓުމާއެކު ވަރުގަދައަށް ހުޅުހިފަ އެވެ. (ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ