"ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް" ރިޒޮލިއުޝަން ރާއްޖެއާ ގުޅުމެއް ނެތް: ޚާރިޖީ ވަޒީރު
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ، "ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް" ރިޒޮލިއުޝަން އެއްވެސް ގޮތަކަށް ރާއްޖެއާ ގުޅުމެއް ނެތް ކަމަށެވެ. މި ވާހަކަ ވަޒީރު ވިދާޅުވީ، ދީނީ މިނިވަންކަމާ ގުޅޭ ޤަރާރަށް ރާއްޖެއިން ވޯޓު ދިންކަމަށް ބުނެ ފަތުރާ ޚަބަރުތައް ދޮގުކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.ޚާރިޖީ ވަޒީރުގެ ބަހުން، މި ރިޒޮލިއުޝަން އދ.ގެ އާންމު މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ 2000 ވަނަ އަހަރުއެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު މި ރިޒޮލިއުޝަނަށް ވޯޓަށް އަހަމުން ގެންދެއެވެ. ވަޒީރު ވިދާޅުވީ، މިއީ އދ.އާއި ކައުންސިލް އޮފް ޔޫރަޕާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ހުށަހަޅާ ރިޒޮލިއުޝަނެއް ކަމަށެވެ.ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރުކާރުތަކުންވެސް އައީ މި ރިސޮލިއުޝަނަށް ވޯޓު ދެމުން ކަމަށެވެ. ނަމަވެސް، މިއީ އެއްވެސް ގޮތަކަށް ރާއްޖެއާ ގުޅުމެއް އޮތް ރިޒޮލިއުޝަނެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއިން ޢަމަލުކުރަންޖެހޭ ޙާލަތްތަކުގައި، ދީނާއި ސަގާފަތާ ނުގުޅޭ ކަންކަން ހިމެނޭ ނަމަ ރާއްޖެއިން އެކަންކަމަށް ރިޒަވޭޝަންލަމުން ގެންދާ ކަމަށެވެ. މިއީ ނުގުޅޭ ކަންކަމަށް ޢަމަލު ނުކުރުމުގެ ގޮތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.މި މައްސަލައާ ގުޅިގެން، ވަޒީރު ވަނީ ރައްޔިތުންނަށް ނޯޅޭގޮތަށް ތެދު މަޢުލޫމާތު ފެތުރުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ