ވެލާނާ އެއާޕޯޓަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 59 އަހަރު ފުރުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިއްޔާ ފޮނުއްވައިފި އެވެ. ވީއައިއޭގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 59 އަހަރުގެ ގައުމީ ހިދުމަތުގެ އަގު ވަޒަންކޮށް، އެމްއޭސީއެލްގެ އެހާރާއި މިހާރުގެ ހުރިހާ ހިދުމަތްތެރީންނަށް ޝުކުރު ދަންނަވާ ކަމަށެވެ.އެއާޕޯޓްގެ 59 ވަނަ އަހަރީ ދުވަސް މިއަދު ފެށީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކާއެކުގަ އެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފްގެ އިތުރުން ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ސްޓޭކްހޯލްޑަރުންވެސް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އާ ޓާމިނަލްގެ މަސައްކަތެވެ. އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭއިރު، މި އަހަރު އެ ޓާމިނަލް ބޭނުންކުރަން ފަށަން ވަނީ ނިންމައިފަ އެވެ. އެއާ އެކު، ގާތްގަނޑަކަށް 1،800 މުވައްޒަފުން އިތުރުކޮށް އާ އެއާލައިންތަކަށް އެއާޕޯޓުން ޖާގަ ލިބޭނެ ކަަމަށް އެމްއޭސީއެލް އިން ބުންޏެވެ.އާ ޕެސެންޖަރު ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖުތަކާއި ލަގެޖު އުފުލާނެ އެންމެ ޒަމާނީ ވަސީލަތްތައް އަދި ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި ވީއައިޕީ ލައުންޖުތައް ވެސް ގާއިމް ކުރުމަށް ވަނީ ނިންމައިފަ އެވެ.ވީއައިއޭގެ އާ ޓާމިނަލާ އެކު، މުޅިން ޒަމާނީ އަދި ރީތި ތަފާތު އެއާޕޯޓެއް ފެންނާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ