ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާއަށް ތާވަލުކޮށް އެޖެންޑާ އާންމުކޮށްފި އެވެ.
މާދަމާގެ މަޖިލިސް އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ ސުޕްރީމް ކޯޓަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ކޮމިޓީއަށް ފޮނުވުމާއި ދެ ގައުމަކަށް ސަފީރުން އައްޔަނު ކުރުމުގެ މައްސަލަ އެވެ.
އެއަށްފަހު މާދަމާގެ މަޖިލީހުގައި ދެން އޮތީ ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު، މުހައްމަދު ފަޒީލް ހުށަހަޅުއްވާފައިވާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހު 15، ގަ އެވެ. މި އަހަރުގެ ފުރަތަމަ ދައުރުގައި 32 ޖަލްސާއެއް ބާއްވައި ނުވަ ބިލެއް ފާސްކުރި އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްޗަށް ހިންގި ގައިރު ގާނޫނީ ތަހުގީގަށް ބިނާކޮށް އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށްފަހު އެވެ.
މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރީ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލި މައްސަލައަކަށް ރިއާޔަތްކޮށެވެ. އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޖޭއެސްސީގެ ނިންމުމަކީ ގައިރު ގާނޫނީ ނިންމުމެއް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް ސަސްޕެންޑުކުރި ހުސްނުއްސުއޫދު އެ މަގާމުން އިސްތިއުފާ ދެއްވުމުން، އޭނާގެ މަގާމަށް މިހާރު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކޮށްފަ އެވެ. ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާއި، އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައި އެ ކޯޓުގެ ތިން ޖާގައެެއް މިހާރު ވަނީ ހުސްވެފަ އެވެ.
ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރުމުގެ މައްސަލައިން މަޖިލީހުގެ ދެވަނަ ދަައުރު މާދަމާ ފަށަނީ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރުމުގެ މައްސަލައިން މަޖިލީހުގެ ދެވަނަ ދަައުރު މާދަމާ ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ