ކުޅުދުއްފުށީގެ ދެ މިސްކިތެއްގައި މިއަހަރުގެ ރޯދަމަހު އިމާމުވެ ތަރާވީހު ނަމާދުކުރާނީ ޒުވާން ތިން ޚަޠީބުންކަމުގައި ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
ސިޓީ ކައުންސިލުން ބުނީ، މަސްޖިދުލް ހަސާނަތުގައި އާއި މަސްޖިދުލް މުހައްމަދުގައި މިއަހަރު ތަރާވީހް ނަމާދުކުރާނީ ޒުވާނުން ޚަޠީބުން ކަމަށެވެ. އެގޮތުން މަސްޖިދުލް ހަސާނަތުގައި ތަހާވީހް ކުރާނީ އިބުރާހިމް މަލްސޫން މުހައްމަދެވެ. މަލްސޫންއަކީ މީގެ ކުރިންވެސް ރޯދަމަހު ތަރާވީހް ނަމާދުކުރާ ޒުވާނެވެ.
މަސްޖިދުލް މުހައްމަދުގައި ތަރާވީހް ނަމާދުކުރާނީ، މުހައްމަދު އާދަމް އާއި ފާއިޤު ހުސައިން ފަހުމީ އެވެ. މި ތިން ޒުވާނުންނަކީވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުދިންނެވެ.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ތަރާވީޙް ނަމާދުކުރުމަށް ޒުވާން ޚަޠީބުންނަށް ފުރުސަތު ދިނުމަށް ސިޓީ ކައުންސިލުން ނިންމީ މިފަންނުން ކުޅުދުއްފުށީގައި މީހުން ބިނާކުރުމުގެ މަގުސަދުގައިކަމަށެވެ.
އަދި އުންމީދަކީ މިފަދަ ހުނަރުވެރިންނަށް ލިބިގެންދާ ފުރުސަތާއެކު، އެކުދީންނަށް އިތުރު ހިތްވަރެއް ލިބި މުސްތަގުބަލުގައި ކުޅުދުއްފުއްޓަށް ހިދުމަތްތެރި ދަރީންތަކެއް އުފެދިގެން ދިއުންކަމަށެވެ.
މިއަހަރުގެ ރޯދަމަހުވެސް ތަރާވީހް ނަމާދު ޙިފްޡްކޮށް ކުރުން އޮތީ މަސްޖިދުލް ހަޟާރަތުގަ އެވެ.
މިއަހަރުވެސް ކުޅުދުއްފުށީގެ ބައެއް މިސްކިތުގައި ތަރާވީހު ކުރާނީ ޒުވާން ޚަޠީބުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ