އިސްތަންބޫލް (މާޗް 1) - އޭނާ އަކީ ނަސްލީ ތަފާތުކުރާ މީހެއް ކަމަށް ދޭހަވާ ގޮތަށް ގަލަސަތަރާއި އިން ރަސްމީ ހައިސިއްޔަތެއްގައި ވާހަކަ ދައްކާފައިވާތީވެ، ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ، ގަލަސަތަރާއިގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ނިންމައިފި އެވެ.
އިސްތަންބޫލް ޑާބީގައި ފެނަބާޗޭ އިން ގަލަސަތަރާއި ދަނޑުގައި 0-0 އިން އެއްވަރުވި މެޗަށް ފަހު، ފެނަބާޗޭގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ، ގަލަސަަރާއި ބެންޗުން މީހުން ފުންމަފުންމައިގެން ދަނީ، ރާމާމަކުނުތަކެއް ގޮތަށް ކަމަށާއި މި މެޗު އިންސާފުކުރަން ތުރުކީ ރެފްރީއެއް ހުރިނަމަ، ހާލަތު ގޯހުން ގޯހަށް ދާނެ ކަމަށެވެ.
މި މެޗުގައި އިންސާފުކުރީ، ސްލޮވީނިއާގެ ރެފްރީ، ސްލާވްކޯ ވިންޗިޗް އެވެ. އެއީ، ދެ ޓީމުން އެދިގެން އެހެން ގައުމެއްގެ ރެފްރީއެއް މި މެޗަށް ގެންނަން އެދުމުން، ފަހިކޮށްދިން ފުރުސަތެެކެވެ. އެކަމަކު، އެ ވަރުން ވެސް މޮރީނިއޯ ވަނީ ރެފްރީންގެ ކަންކަމަށް ވެސް ފާޑުކިޔައިފަ އެވެ. މޮރީނިއޯ ބުނީ، ގަލަތަސަރާއި ބެންޗުން ފުންމަފުންމައިގެން ގޮސް މަސައްކަތް ކުރީ ރެފްރީ ޕްރެޝަރަށް ލުމަށް ކަމަށާއި އެކަން ކާމިޔާނުބުނުވި ކަމަށެެވެ.
އެ މެޗަށް ފަހު ރެފްރީންގެ ރޫމަށް ދިއުމަށް ފަހު، މޮރީނިއޯ ވަނީ މެޗުގައި އިންސާފުކުރި ރެފްރީ އަށް ޝުކުރުއަދާކޮށްފަ އެވެ. އަދި، މި މެޗުގައި ހަަތަރު ވަނަ ރެފްރީ އަކަށް ހުރި ތުރުކީ ރެފްރީ ގާތުގައި، މޮރީނިއޯ ބުނީ އެ ރެފްރީ މި މެޗުގައި އިންސާފުކުރިނަމަ ވަރަށް ގޯސްވާނެ ކަމަށެވެ.
މި ކަންކަމަށް ބަލައި، ގަލަތަސަރާއި އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެނަބާޗޭގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސި ފަހުން ތަކުރާރުކޮށް އޭނާ އަންނަނީ ތުރުކީގެ ރައްޔިތުންނަށް ކުޑައިމީސްކޮށް، ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، އިހުތިރާމް ގެއްލޭފަދަ އިބާރާތްތައް ބޭނުންކޮށް ވާހަކަ ދައްކަމުން ކަމަށެވެ.
ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން މި މައްސަލަ ބަލައި، މި ވާހަކަތަކާ ގުޅިގެން، މޮރީނިއޯ ވަނީ 45،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އަދި ހަތަރު މެޗުގެ ސަސްޕެންޝަނެއް ވެސް ވަނީ މޮރީނިއޯ އަށް ދީފަ އެވެ.
މޮރީނިއޯގެ ގާނޫނީ ވަކީލުން ނިންމާފައިވަނީ، ތުުރުކީ ފުޓްބޯޅަ ފެޑެރޭޝަނުގެ މި ނިންމުމާ ދެކޮޅަށް އެޕީލްކުރަން ލިބުނު ފުރުސަތުގެ ބޭނުންހިފައި، ގަލަސަތަރާއި އިން އޭނާގެ އަގުވައްޓާލަން ނެރުނު ބަޔާނާ ގުޅިގެން އަބުރުގެ ދައުވާ ކުރުމަށެވެ.
އެ ގޮތުން، ގަލަސަތަރާއި އަތުން 50،000 ޑޮލަރު ހޯދަން މޮރީނިއޯ ހުށަހަޅާ ދައުވާގައި ހިމަނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މޮރީނިއޯގެ ދިފާއުގައި ކުރިން ގަލަސަތަރާއި އަށް ކުޅުނު އައިވަރީ ކޯސްޓުގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ ވަނީ ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ. މޮރީނިއޯގެ ކޯޗުކަމުގައި ޗެލްސީ އަށް ކުޅުނު ޑްރޮގްބާ ބުނީ، ޔަގީންކަމާ އެކު ބުނަން އެނގޭ ކަމަކީ، އޭނާގެ ބައްޕަ ފަދަ މޮރީނިއޯ އަކީ ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ފަދަ ވާހަކަ ދައްކާނެ ފަރާތެއް ނޫން ކަމަށެވެ.
ގަލަތަސަރާއިގެ މައްޗަށް މޮރީނިއޯ އަބުރުގެ ދައުވާ ކުރަނީ ގަލަތަސަރާއިގެ މައްޗަށް މޮރީނިއޯ އަބުރުގެ ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ