ރާއްޖޭގެ ރޭސިން އެސޯސިއޭޝަނަށް ދުނިޔޭގެ ފެޑެރޭޝަނުގެ މެމްބަރުކަން ރާއްޖޭގެ ރޭސިން އެސޯސިއޭޝަނަށް ދުނިޔޭގެ ފެޑެރޭޝަނުގެ މެމްބަރުކަން

ރޭސިން އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރޭމް) އަށް ފެޑަރޭޝަން އިންޓަނޭޝަނަލް ޑި ލް އޮޓޯމޮބައިލް (އެފްއައިއޭ) ގެ މެމްބަރުކަން ލިބިއްޖެ އެވެ.
އެފްއައިއޭގެ މެމްބަރުކަން ރާއްޖެ އަށް ލިބުނީ ރުވާންޑާގެ ކިގާލީގައި ބޭއްވުނު އެ ޖަމިއްޔާގެ ޖެނެރަލް އެސެމްބްލީގައި ކުރިއަށްދިޔަ ވޯޓަށް ފަހުގަ އެވެ.
ރޭސިން އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ސާމިހު ވިދާޅުވީ އެފްއައިއޭގެ މެމްބަރުކަން ލިބުމާއެކު ރާއްޖޭގައި މޮޓޯސްޕޯޓްސް އިތުރަށް ކުރިއަރައި ތަރައްގީވުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.
އާރްއޭއެމް އިން މަސައްކަތް ކުރާނީ އެފްއައިއޭގެ މެމްބަރުންނާ ގުޅިގެން ރާއްޖޭގައި މޮޓޯސްޕޯޓްސްގައި ރާއްކާތެރިކަމުގެ މިންގަނޑުތައް އިތުރުކޮށް, ދެމެހެއްޓެނިވި އާދަތައް ކުރިއަރުވައި މޮޓޯސްޕޯޓްސްގެ އެކި ދާއިރާތަކުން ޒުވާން ހުނަރުވެރިން އުފެއްދުމަށް ކަމަށް ވެސް ސާމިހު ވަނީ ވިދާޅުވެފަ އެވެ.
އެފްއައިއޭ އާއި ރާްއްޖޭގެ ރޭސިން އެސޯސިއޭޝަން ގުޅުމުން ރާއްޖޭގައި ބާއްވާ ހުރިހާ މޮޓޯ ސްޕޯޓްސް އިވެންޓެއްގައިވެސް އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެ އެވެ.
މީގެ އިތުރުން، އާރްއޭއެމްއާ ގުޅިގެން މޮޓޯ ސްޕޯޓްސް އިތުރަށް ތަރައްގީ ކުރުމަށް އެކި ޕްރޮގްރާމްތައް ބޭއްވި އޮފިޝަލުންނާ ޑްރައިވަރުން އަދި ޓީމްތަކަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ އެވެ. އަދި އެފްއައިއޭއާ ގުޅުމުގެ ސަބަބުން ދިވެހި ޑްރައިވަރުންނަށް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
އާރްއޭއެމް އިން ބުނީ އެ އެސޯސިއޭޝަނަށް އެފްއައިއޭގެ މެމްބަރުކަން ލިބުމާއެކު މޮޓޯ ސްޕޯޓްސްގެ ދާއިމީ ތަނެއް ރާއްޖޭގައި ގާއިމުކުރުމުގެ އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ