ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން ނިންމީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑް ކުރީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވައިލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނިކޮށެވެ.
އެ ފަނޑިޔާރުން ސަސްޕެންޑް ކުރީ އޭސީސީން ހިންގާ ޖިނާއީ ތަހުގީގަކާއި ގުޅިގެން ކަަމަށް ވެސް ބުންޏެވެ.
Advertisement
ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގަރިރުކަން ކުރެއްވި އިބްރާހިމް އިސްމާއީލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވެމެވެ. އަދި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލޭނެ ކަމަށެވެ.
އަދި އޭރުން ގާނޫނު އަސާސީގެ ބާރު ދިޔައީ ކަމަށް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފީމެވެ," އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި އިބްރާ ވިދާޅުވި އެވެ.
ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ ކޯޓްގައި ތަޅުއެޅުވުން، ހައިކޯޓަށް މައްސަލަ ވައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ