ރޯދައިގެ ފަހުން ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރަން ފަށަނީ

ފުރަތަމަ ސްމާޓް މީޓަރު ހަރުކުރާނީ ހުޅުމާލޭގަ އެވެ. މި މީޓަރުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ވަގުތުން މައުލޫމާތު އެއް ކުރުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ.
ކަރަންޓުގެ ހިދުމަތައް ޒަމާނީ ބަދަލު ގެނައުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރޯދައިގެ ފަހުން ސްމާޓް މީޓަރު ހަރު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.
ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވި ގޮތުގައި މިމަހުގެ ތެރޭގައި ސްމާރޓް މީޓަރ ޝިޕްމަންޓް ލިބޭނެކަމަށާއި ރޯދަ މަހުގެ ފަހުން ގޭބީސީތަކުގައި ސްމާރޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްމާރޓް މީޓަރުގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ. މި ފަސޭހަތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކޮންމެ 15 މިނެޓަކުން ކަރަންޓު މީޓަރަށް އަންނަ ބަދަލު ބަލައިލެވޭނެކަމަށް ނާޝިދު ވިދާޅުވި އެވެ.އެ ކުންފުނިން ފުރަތަމަ ސްމާޓް މީޓަރު ހަރުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ހުޅުމާލޭގަ އެވެ. 
ސްޓެލްކޯއިން ވަނީ ސްމާޓް މީޓަރު ހަރުކުރުމުގެ ގޮތުން މިދިޔަ އަހަރު ޕައިލޮޓް ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ