އަބޫހުރައިރާ ރަޟިޔަالله ޢަންހު ވިދާޅުވިއެވެ.
"ތިމަންކަލޭގެފާނުގެ ޚަލީލު (އެކުވެރިޔާ) ރަސޫލާ ﷺ ތިންކަމަކަށް ތިމަން ކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވި. (1) ކޮންމެ މަހަކު ތިން ރޯދަ ހިފުމާއި، (2) ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމާއި، (3) ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ".
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "ރޭގަނޑުގެ އެންމެ ފަހު ނަމާދެއް ކަމުގައި ވިތުރި ހަދާހުށިކަމެވެ."
މިބަސްފުޅުގެ މާނައަކީ ރޭއަޅުކަމަށްފަހު އެންމެ އެންމެ ފަހު ރަކްޢަތަކަށް ވިތުރިގެ 3 ރަކްޢަތް ނުވަތަ ރޭއަޅުކަމަށްފަހު ކުރަން ވިތުރިގެ އެންމެ ފަހުން އެކަހެރިކޮށް ކުރާ ރަކްޢަތް ކުރުމެވެ.
ޢިޝާ ނަމާދަށްފަހު ވިތުރިގެ 2 ރަކްޢަތް ކުރެވިދާނެއެވެ. ރޭއަޅު ކަމަށްފަހު ކުރަން އެކަހެރި ރަކްއަތް ބޭއްވިދާނެއެވެ. ތިމާ ރޭއަޅުކަންކުރަން ނުހޭލާނަމަ ޢިޝާނަމާދަށްފަހު އެންމެ މަދުމިނުން ވިތުރިގެ 3 ރަކްއަތްކުރާށެވެ!
ތަކުރާރުކޮށްލާނަމެވެ! ވިތުރި ނުކޮށް ނުނިދާށެވެ! އެކަމަށް ރަސޫލް ﷺ އެވަނީ ވަޞިއްޔަތްކުރައްވައިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ވިތުރިއަށް އިހްމާލްނުވާށެވެ! އެއީ ރަސޫލް ޞޢޥ ގެ ވަޞިއްޔަތްފުޅެކެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ