މިއީވެސް ހަނދުމަކޮށްދިނުމެކެވެ. ޚާއްޞަކޮށް ތަނަވަސްކަން ނެތުމުން ޙައްޖާއި ޢުމުރާ ވެވެން ނެތް މީހުންނަށެވެ. އަދި ޙަރަމްފުޅަށް ދެވި ޙައްޖާއި ޢުމުރާ ވެގެން ތިބި މީހުންނަށްވެސް މެއެވެ. އަހުރެންގެ ވިސްނުމުގައި މީސްތަކުންނަށް އެންމެ ފައިދާހުރި ނަޞީޙަތަކީ މިފަދަ ފައިދާހުރި އަޅުކަން ކުރަން ހިތްވަރުދިނުންކަމަށްވާތީ މިރޭވެސް ހަނދުމަކޮށްލައިދޭނަމެވެ.
ދުނިޔޭގައި އުޅެ ދުނިޔެއިން ވަކިވެގެންދާންޖެހޭއިރުވެސް މުސްލިމުންގެ ތެރެއިން ޢުމުރާވުމާއި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބެނީ މުސްލިމުންގެ ޢަދަދުގެ ނިޞްބަތުން ބަލައިފިނަމަ ވަރަށް މަދު މީހަކަށެވެ. ނަމަވެސް އެއިގެ މާނައަކީ އެމީހެއްގެ ފަތުގައި ޙައްޖުވުމާއި ޢުމުރާވުމުގެ ޘަވާބް ލިޔުއްވިގެން ނުވުމެއް ނޫނެވެ.
ޙައްޖާއި ޢުމުރާވުމުގެ ޘަވާބު ދެއްވަވާ އަޅުކަން އެނގެން އެބައޮތެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ނުލިބުނު މީހާ އެހިސާބުން އަދި މާޔޫސްވާކަށް ނުޖެހެއެވެ.
އަމިއްލަ ރަށުގައި މިސްކިތުގެ ޖަމާޢަތުގައި ފަތިސްނަމާދުކޮށްލައިގެން އިރުއަރައި ޟުޙާނަމާދުގެ ވަގުތުޖެހެންދެން ޛިކުރުކުރުންމަތީގައި މިސްކިތުގައި މަޑުކޮށްލައިގެން އިނދެފައި ޟުޙާ ނަމާދުގެ 2 ރަކްޢަތް ކޮށްލުމުން ޙައްޖާއި ޢުމުރާއެއްގެ ޘަވާބު އެންމެ ފުރިހަމަ ގޮތުގައި ދެއްވަވާކަން ޙަދީޘުން ޘާބިތެވެ.
Anas ibn Maalik (RA) reported: The Messenger of Allah (PBUH) said:
“Whoever prays Fajr in congregation then sits remembering Allah until the sun rises, then prays two rak’ahs, will have a reward like that of Hajj and Umrah.” He said: The Messenger of Allah (PBUH) said: “In full, in full, in full.” (Tirmidhi(
Some scholars have also mentioned that a woman may pray in her home and do the same thing mentioned in the hadith to get the same or a similar reward.
ފަތިސްނަމާދަށް ބަންގިގޮވުމުން އަންހެނުން ގޭގައި ނަމާދުކޮށް ޛިކުރުކުރުންމަތީގައި ޟުޙާ ނަމާދު ވަގުތުވަންދެން މަޑުކުރުމަށްފަހު ޟުޙާ ނަމާދުގެ 2 ރަކްއަތް ކުރުމުން ވެސް ޙައްޖާއި ޢުމުރާވުމުގެ ޘަވާބު ދެއްވަވާނެކަމަށް ބައެއް ޢިލްމްވެރިން ބަޔާން ކުރައްވަވަތެވެ.
- ރަމަޟާން މަހު ޢުމުރާއެއްވުމަކީ ވެސް ރަސޫލް ޞައްލަﷲ ޢލައިހި ވަސައްލަމަގެ އަރިއަހުގައި ޙައްޖެއްވުމުގެ ޘަވާބު ދެއްވަވާ ޢަމަލެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
Al-Bukhaari (1782) and Muslim (1256) narrated that Ibn ‘Abbaas said: The Messenger of Allaah (peace and blessings of Allaah be upon him) said to a woman from among the Ansaar – Ibn ‘Abbaas mentioned her name but I forgot it – “What kept you from performing Hajj with us?” She said: We only have two camels and the father of her son and her son had gone for Hajj on one camel, and he left us the other camel so that we could carry water on it. He said: “When Ramadaan comes, go for ‘Umrah, for ‘Umrah in (that month) is equivalent to Hajj.”
In another Hadith, narrated by Ibn 'Abbas (Radhiallāhu 'anhu):
When the Prophet (Sallallāhu alayhi wa sallam) returned after performing his hajj, he asked Umm Sinan Al-Ansari, "What did forbid you to perform hajj?" She replied, "Father of so-and-so (i.e. her husband) had two camels and he performed hajj on one of them, and the second is used for the irrigation of our land." Prophet of Allah (Sallallāhu alayhi wa sallam) said (to her), "Perform umrah in the month of ramadan, (as it is equivalent to hajj or hajj with me (in reward)."
[ Sahih Bukhari - Book 29, Hadith 86 ]
މި ދެ ޙަދީޘްފުޅަށް ބަލާއިރު މާލީ ގޮތުން ތަނަވަސްކަން ނެތުމުން ރަމަޟާން މަހު ޢުމުރާއަށް ނުދެވުނު ނަމަވެސް ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ޟުޙާ ނަމާދު ވަގުތުވަންދެން މިސްކިތުގައި ޛިކުރުކުރަން މިސްކިތުގައި މަޑުކޮށްލުމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވެން އޮތްކަމެކެވެ.
ވީމާ ފައިސާ ނެތިގެން ޙައްޖު، ޢުމުރާ ނުވެވުނަސް އަދި އެހެން ސަބަބެއް މެދުވެރިވެގެން ނުވެވުނަސް ކަންބޮޑުވުމެއް ނެތެވެ. މިކަމަށް ވަކި ދުވަހެއްވެސް ނެތެވެ. ހަފްތާގެ ކޮންމެ ދުވަހަކީ ފަތިސް ނަމާދަށްފަހު ޙައްޖާއި ޢުމުރާއެއްގެ ޘަވާބު ލިބިގަންނަ ދުވަހަކަށް ހެދުން އޮތީ ހަމަ އެމީހެއްގެ އަތްމަތީގައެވެ. ހިތްވަރުކޮށްލުމުން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- ސްލާމީ ތިލަފަތުގެ ދަރުސަކުން
އަމިއްލަ ރަށުގައި ހުރެގެންވެސް ގިނަގިނައިން ޙައްޖާއި ޢުމުރާވުމުގެ ޘަވާބު ލިބިގަތުމުގެ ފުރުޞަތު އެބައޮތްއިރު ފުރުޞަތުގެ ބޭނުންހިފައި ޢަމަލުނުކުރަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ