ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމައި، ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި

ހއ. ދިއްދޫގައި ސަރުކާރުން ބިނާކުރި ޒަމާނީ އިސްލާމީ މަރުކަޒު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.އެ މަރުކަޒު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދެވެ.އިސްލާމިކް މިނިސްޓްރީން ބުނީ، އެ މަރުކަޒުގެ މިސްކިތަށް ޝަހީދު އުމަރު އަޙްމަދުގެ ނަމުން ނަންދިނީ އޭނާއަކީ، އެ ހަމާލަގައި ޝަހީދުވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވީތީ އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވީ އެ މަރުކަޒުގައި ގާއިމްކުރަން ނިންމި ހުރިހާ ވަސީލަތެއް ގާއިމްކޮށް ފުރިހަމަކުރުމަށް ފަހު އެވެ. އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓު ވެސް ހަރުކޮށްފައި ވެ އެވެ.އެ މަރުކަޒު ހުޅުއްވައިދެއްވުމަށް ފަހު ފަހު ޝަހީދު އުމަރު އަހްމަދު މިސްކިތުގައި ފުރަތަމަ ފަހަރަށް މިއަދުގެ މެންދުރު ނަމާދަށް ބަންގި ގޮވީ އެރަށު ތިލަދޫ، މުހައްމަދު ހަލަފް ޝަކީބުއެވެ. އަދި އިމާމުވެ ހުކުރު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމެވެ.މި މަރުކަޒު ހުޅުވުމުގެ އުފަލުގައި އެ ރަށުގައި މިރޭ ޖާފަތެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.ދިއްދޫގައި މި ވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދެ އެވެ. ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެކެވެ. އެހެންކަމުން އަލަށް ތަރައްގީކުރާ އިސްލާމީ މަރުކަޒާއެކު، މިސްކިތުގެ ޖާގައިގެ މައްސަލަ ހައްލުވެ، އަލަށް މީހުން އާބާދުވާ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ