ފެށޭ ހަފްތާގައި ރާއްޖޭގެ މޫސުން ރަނގަޅުވާނެ: މެޓް

ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށާއި އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން، މިއަދު ބުނެފި އެވެ.ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބައެއް ކޯރުތައް ވެސް ވަނީ ބަންޑުންވެފަ އެވެ. އޭގެ ސަބަބުން މަގުތައް ބްލޮކްވެ މީހުން ސަލާމަތް ކުރުމަށް ވެސް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ.އާންމު ދިރިއުޅުމަށް އަސަރު ކުރުމުގެ ސަބަބުން ލަންކާ ސަރުކާރުން ވަނީ އެ ގައުމުގެ ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުކޮށްފަ އެވެ. އޭގެއިތުރުން ޓްރެއިން ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ.މި ތޫފާންގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް ލަފާކޮށް، މެޓުން އިއްޔެ ވަނީ ވައިޓް އެލާޓު ވެސް ނެރެފަ އެވެ.މެޓު އޮފީހުން މިއަދު ބުނިގޮތުގައި މި ތުފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ލަންކާގެ އުތުރު އައްސޭރިފަށުގަ އެވެ. "މި ތޫފާން ދަތުރު ކުރަމުން ދަނީ އިންޑިއާގެ ޓަމިލްނާޑޫ އާއި ފުޑޫޗެރީ އަދި އަންދްރަ ޕްރެދޭޝްގެ ދެކުނު އައްސޭރި ފަށާ ދިމާއަށް ރާއްޖެއާ ދުރަށް،" މެޓުން ބުންޏެވެ.މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމަޔަށް ރާއްޖޭގެ މޫސުން މެޓުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ އެވެ. އަދި، އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ