ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އުތުރުގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ހަނިމާދޫ އެއާޕޯޓު ޒަމާނީ ކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މަޝްރޫއެކެވެ.
އެ އެއާޕޯޓު ރަސްމީކޮށް ރޭ ހުޅުވުމާއެކު އެމްޑީޕީން ބުނީ ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގެ އުތުރުގެ އިޤްތިޞާދީ އިންޤިލާބު ފެށުމަށް މަގުފަހިކޮށްދޭނެ ފެށުމެއް ކަމަށެވެ. މި މަޝްރޫޢު ވުޖޫދަށް ގެނައުމާއި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެމްޑީޕީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަދި މިއީ ލާމަރުކަޒީ ރާއްޖެއެއްގެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާ މަޝްރޫޢެއް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.
ގާތްގަނޑަކަށް 136.6 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އައު ޓާމިނަލްގައި 2،465 މީޓަރުގެ ދިގު ރަންވޭއެއް ހިމެނެއެވެ. އެތަނުގައި ބޮއިން 737 އާއި އެއާބަސް 320 ފަދަ ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭނެ އެވެ.
މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.
ހަނިމާދޫ އެއާޕޯޓާއެކު އުތުރުގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ