ގުޅިފަޅު ކައިރި ކަނޑުމަތިން ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގުޅީފަޅު ކައިރި ކަނޑުމަތިން ބިދޭސީއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިއަދު މެނދުރު 1:30 އެހާންހާއިރު އެވެ.
ފުލުހުންގެ ބަސް  - "މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި. މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ލިޔުމުން 'ދައުރު'އަށް ފޮނުވި މެސެޖްގައި ވިދާޅުވި އެވެ.
"މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ ދެނެގަނެވިފައި."
އެއީ ކޮން އުމުރެއްގެ އަދި ކޮން ގައުމަކަށް ނިސްބަތ މީހެއްކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އަދި އޭނާއަކީ ކަނޑުއުޅަނދަކުން ވެއްޓުނު މީހެއް ކަމެއް ނުވަތަ ޒަހަމްތަކަކާ އެކު އޮތް މީހެއްކަން ވެސް ސާފެއް ނޫނެވެ.
މީޑީއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ. އަދި މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ