ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޯދުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހު30ގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ޕްރައިމަރީ ބާއްވާނެ ތާރީހު ފައިނަލްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ. އެ ނިންމުން އަދި ޕާޓީން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް ޕާޓީގެ ބައެއް އިސް އޮފިޝަލުން އެކަން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އަންނަ މަހު30ގައި އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު، މިދިޔަ އޮގަސްޓް މަހު ފަހުކޮޅު އެޕާޓީން ވަނީ ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ބެލުމަށް އިއުލާނެއްކޮށްފަ އެވެ. އެ ޕާޓީގެ ޕްރައިމަރީމަރީގައި އެންމެ ވާދަވެރިކޮށް ދަނީ މާލޭ މާޔަރު ކަމުގެ ޓިކެޓެވެ. އެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
ގުޅުން ހުރި - އެމްޑީޕީއާ ވާދަވެރި، ސަރުކާރު ހިންގާ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ، މި މަހު27ގަ އެވެ. އެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.
މި އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ނިންމާފައިވާ ތާރީހަކީ، އެޕްރީލް ހަތަރެކެވެ.
އެމްޑީޕީ ކައުންސިލް ޕްރައިމަރީ އަންނަ މަހު30ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ