ޖުޑީޝަރީގެ މިނިވަންކަން ނެގެހުއްޓުމަށް އެއްބާރުލުން ދޭން ކަމަށް ބުނެ ބަންޑާރަނައިބު، އުއްތަމަ ފަނޑިޔާރުގެ އަރިހަށް ޖުޑީޝަރީގެ މިނިވަންކަން ނެގެހުއްޓުމަށް އެއްބާރުލުން ދޭން ކަމަށް ބުނެ ބަންޑާރަނައިބު، އުއްތަމަ ފަނޑިޔާރުގެ އަރިހަށް

ޖުޑީޝަރީގެ މިނިވަންކަން ނެގެހެއްޓުމަށް އެއްބާރުލުން ދިނުމަށް ކަމަށް ބުނެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި މި ބައްދަލުވުން ބޭއްވީ އިއްޔެ އެވެ. ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓައި، އަދުލު އިންސާފުގެ ދާއިރާ ކުރިއެރުވުމުގައި ޝަރުއީ ދާއިރާއަށް އެއްބާރުލުން ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އުޝާމް މި ބައްދަލުވުމުގައި ދެއްވި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.
މިއީ އުއްތަމަ ފަނޑިޔާރުގެ މަގާމާ ފަނޑިޔާރު ޣަނީ ހަވާލުވެވަޑައިގެންނެވި ފަހުން އެޓާނީ ޖެނެރަލް ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ސުޕްރީމް ކޯޓުގައި މިވަގުތު ވެސް ދުސްތޫރީ މައްސަލައެއް ހުއްޓިފައި އެބަ އޮތެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭނެ މާއްދާއެއް ގާނޫނުއަސާސީއަށް އިތުރު ކުރި މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
މެއި 14، ގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރީ އެ ދެ ބޭފުޅުންގެ ތަހުގީގު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އަންގާފައި އޮއްވަ އެވެ.
އެ ދެ ފަނޑިޔާރުންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީ އިން ބަލަން ފެށި އެވެ. އެކަމަކު، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވީ އެވެ. އެއަށްފަހު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ހަތަރުު ފަނޑިޔާރުން އައްޔަނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ