އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ މައްސަލަތަކެއް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދުގެ މައްސަލަތަކެއް ބަލަން ފަށާނެ ކަމަށް ފަލާހު އިއުލާން ކުރެއްވީ އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ޝާހިދު އެކްސްގައި ޕޯސްޓެއް ކުރެއްވީ އެމްޑީޕީ އިން އޮކްޓޯބަރު 3، ގައި މުޒާހަރާއެއް ކުރަން ނިންމުމުން އެކަމާ ގުޅޭ ގޮތުންނެވެ.
"މުޅި ގައުމު އެއްކޮށް ދަވާލައިގެން ތިބެ ބަލާބަލަ ދައްކާ ވާހަކަ ރީއްޗެއްނު. ކޮށްފަހުރި ވައްކަންތައް މިހާރު ބަލަންފަށާތި ތިއުޅެނީ ގައުމު ހަލަބޮލި ކުރަން،" ފަލާހު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ރައީސް ޝާހިދުގެ މައްސަލަތަކެއް ބަލަން ފަށާނެ ކަމަށް ފަލާހު ވިދާޅުވިއިރު، އެ ބުނާ މައްސަލަތައް މި ވެއެތުވެދިޔަ ތަނުގައި ނުބެލީ ކީއްވެ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ޝާހިދުގެ އިތުރުން އެމްޑީޕީގެ ބައެއް އެހެން ލީޑަރުންގެ މައްސަލަތަކެއް ބަލަން ފަށަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ އިވިފަ އެވެ. ނަމަވެސް އެއްވެސް މުއައްސަސާއަކުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްސަލަތައް ބަލަން ފަށަން އުޅުމުގެ އިތުރުން ސަރުކާރުން ދަނީ ގާނޫނެއް ފާސްކޮށް މީޑިއާގެ އަޑު ކަނޑުވާލުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުން ބުނަނީ މީޑިއާގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަނީ ސަރުކާރުގެ ވެރިން ކުރާ ވައްކަންތައް ފޮރުވަން ކަމަށެވެ.
އިދިކޮޅު ޕާޓީގެ ރައީސްގެ މައްސަލަތަކެއް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވެއްޖެ އިދިކޮޅު ޕާޓީގެ ރައީސްގެ މައްސަލަތަކެއް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ