ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ހަނިމާދޫ އިން ނޮޅިވަރަމްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ކުޅުދުއްފުށީ ސިޓީގެ ޒޯން ސްޓޭޑިއަމްގައި ކުޅުނު މިޗުގައި ހަނިމާދޫ ނޮޅިވަރަމް ބަލިކުރީ 3-0 ލަނޑުންނެވެ.
މިއަދުގެ މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދީފައި ވަނީ ނޫރުﷲ ތޯހާ އާއި މުހައްމަދު ޚާލިދެވެ. މީގެ ތެރެއިން މުޙައްމަދު ޚާލިދު ވަނީ ދެ ލަނޑު ޖަހައިދީފައެވެ.
މި މުބާރާތަށް ހަނިމާދޫ ޕްރެކްޓިސް ފަށާފައި މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. ނަމަވެސް މިއަދުގެ މެޗުގައި ހަނިމާދޫގެ މުޅި ޓީމުވެސް މޮޅު ކުޅުމެއް ދެއްކި ކަމަށް މައުލޫމާތު ލިބެއެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު މެޗު ޓީމް ކުޅުދުއްފުށިން ވަނީ 4-2 ގެ ނަތީޖާއަކުން ނެއްލައިދޫ އަތުން މޮޅުވެފައެވެ.
މި މުބާރާތުގެ ހދ.އަތޮޅުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 4 ވާ އަންގާރަ ދުވަހުއެވެ. އެދުވަހު ބައްދަލުކުރާނީ ޓީމް ކުޅުދުއްފުއްޓާއި ނޮޅިވަރަމެވެ.
މި މުބާރާތުގައި ހދ.އަތޮޅުން ބައިވެރިވެފައި ވަނީ ވެސް މި ހަތަރު ޓީމެވެ. އެއީ ކުޅުދުއްފުށީ ސިޓީ، ހަނިމާދޫ، ނެއްލައިދޫ އަދި ނޮޅިވަރަމެވެ.
މި މުބާރާތުގައި ހއ.އަތޮޅުން ބައިވެރިވީ ދިއްދޫ އާއި އިހަވަންދޫ އެވެ. މި ދެޓީމު ދެ މެޗު ކުޅެން ހަމަޖެހިފައިވާއިރު ފުރަތަމަ މެޗު އޮންނާނީ ނޮވެމްބަރު 6 ގައެވެ. އަދި 2 ވަނަ މެޗު 9 ގައެވެ.
މި މުބާރާތުގައި ށ.އަތޮޅުގެ ރަށަކުން ބައިވެރިވެފައެއްނުވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އެޓޯލް ޗެމްޕިއަންޝިޕް 2025/26: ހަނިމާދޫ އިން ނޮޅިވަރަމް ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ