މާލެ އެމްޕީއެލް ބަނދަރާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ތިން މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އަނިޔާވި ތިން މީހުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. އެ ތިން މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަ ނުކުރެ އެވެ.
"މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން. އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިންގެ އިތުރުން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ހިނގި މިފަދަ ތިންވަނަ ހާދިސާ އެވެ. މިދިޔަ ޖޫން މަހު ހިނގި ހާދިސާގައި ދެ މީހުން މަރުވިއިރު، މިދިޔަ މަހު ހިނގި ހާދިސާގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ