ހުޅުމާލެ މަގުތަކުގެ ދުވާރުމަތީގައި ހުރި ގޮނޑިމޭޒު ނަގަން އަންގައިފި
ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓައިގެން ޚިދުމަތް ދޭ ކެފޭ މޭޒުތަކާއި ގޮނޑިތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއްޔެ އަނެއްކާ ވެސް އަންގައިފިއެވެ.އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ހިދުމަތް ނުދޭން މިދިޔަ އޮގަސްޓު މަހު އެންގި ނަމަވެސް، އަދިވެސް ގިނަ ކެފޭތަކަކުން އެކަން ކުރަމުންދާ ކަމަށެވެ.މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑި އާއި މޭޒުތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީންގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.އެ މަސައްކަތުގެ ތެރެއިން މުދަލަށް ލިބިދާނެ ގެއްލުމަކަށް ޒިންމާއެއް ނުވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.މިދިޔަ އަހަރުގެ އޮގަސްޓު މަގުގެ ތެރޭގައި ވެސް ވަނީ ހުޅުމާލޭގެ ދުވާރުމަތީގައި ހުންނަ ގޮނޑިތައް ނެގުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ