ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޑްރަގު ޓްރެފިކިން މައްސަލައެއްގެ އަޑުއެހުމަށް ހާޒިރުނުވެގެން ހޯދަމުން އައި ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބު އިބްރާހީމް ފިލަން އޭނާގެ އަނބިމީހާ އެހީތެރިވެދިން ގޮތެއް ފުލުހުންނަކަށް ނުބުނެދެވުނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ ޝަހީބު ފިލަން އެހީތެރިވުމުގެ ތުހުމަތުގައި ސެޕްޓެމްބަރު 18، ގައި ހައްޔަރުކުރި އޭނާގެ އަނބިމީހާ، މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ، 47، ޝަހީބު ފިލުވަން ކުރީ ކޮން ކަމެއްކަން މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އާއިޝަތު ވަހީދާ ހައްޔަރު ކުރި ދުވަހު ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ. ޝަހީބު ފިލަން އެހީތެރިވުމުގައި އަނބިމީހާ އެހީތެރިވި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ޝަހީބު ހޯދަން ފުލުހުން އިއުލާންކުރި ފަހުން އޭނާގެ އަނބިމީހާ ހައްޔަރުކުރި އެވެ. އެގޮތުން ޝަހީބު ފުލުހުންގެ މައި މަރުކަޒަށް ގޮސް އަމިއްލައަށް ފުލުހުންނާ ހަވާލުވީ އަނބިމީހާ ހައްޔަރު ކުރުމުންނެވެ.
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ނައްތާލުން އަދި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމުގެ ތުހުމަތު ވެސް ފުލުހުން ވަހީދާގެ މައްޗަށް ކުރި އެވެ. އެ ތުހުމަތުތަކަށް ބާރުދީ ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓެއް އެކަންޏެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަހީދާ ހައްޔަރުކުރަން ނިންމީ އެ ހިދުމަތުގެ އިންޓެލިޖެންސް ފެއިލްވެ، މިދިޔަ ހަފުތާ ތެރޭ ޝަހީބު ހޯދުމަށް ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބުމުންނެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ބަލައިފާސްކޮށްފަ އެވެ.
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ޝަހީބުގެ މައްޗަށް ދައުވާކުރަނީ ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ފުލުހުން ބުނާ ގޮތުގައި މި މަސްތުވާތަކެތީގެ ވެރިޔަކީ ޝަހީބެވެ.
މި މައްސަލައިގައި ޝަރީއަތް ހިނގަމުން ދަނިކޮށް ޝަހީބު ވަނީ، އަޑުއެހުންތަކަށް ހާޒިރުވާން ޝަރުތުކޮށް، މީގެ ދެ އަހަރު ކުރިން ބަންދުން ދޫކޮށްލައިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ދެން އޮތީ ހުކުމް އިއްވަން ބާއްވާ އަޑުއެހުމެވެ.
މި މައްސަލައިގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓުގެ މައްސަލައާ ވެސް ޝަހީބާ ގުޅުން އޮވެ އެވެ. އިރާން ބޯޓުން ހައްޔަރު ކުރި ހަތް މީހުން ދޫކޮށްލިއިރު ޖާމިނުވީ ޝަހީބެވެ.
ޝަހީބު ފިލުވުމަށް އަނބިމީހާ އެހީތެރިވެދިން ގޮތެއް ފުލުހުން ނުބުނި ޝަހީބު ފިލުވުމަށް އަނބިމީހާ އެހީތެރިވެދިން ގޮތެއް ފުލުހުން ނުބުނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ