ޔާމީންގެ އެދިވަޑައިގަތުމަކަށް އިދިކޮޅު ލީޑަރުން ގާސިމް އަރިހަށް

ދެ ޕާޓީން ވެސް ވަނީ ކުރީން މަޝްވަރާ ކުރެވޭތޯ މަސައްކަތްތަކެއް ކޮށްފައެވެ. އޭރު ޖުމްހޫރީ ޕާޓީން އެދުނީ ޕީޕީއެމްގެ ތާއީދަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދުގެ ބައްދަލްވުމުގައި ޕީޕީއެމް / ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްފެ ނާއިބު ރައީސް އަހްމަދު ޝިޔާމް އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ.ގާސިމްގެ އަރިހުގައި އެމަނިކުފާނުގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ގާސިމްއާ ބައްދަލު ކުރެއްވީ ރައީސް ޔާމީންގެ އިރުޝާދާ އެކު ކަމަށެވެ. ބައްދަލު ކުރެއްވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުންނެވެ. މިއަދުގެ ބައްދަލްވުމަކީ މުހިންމު ބައްދަލްވުމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.
ގާސިމްއާ އިދިކޮޅު ބޭފުޅުން ބައްދަލު ކުރެއްވިއިރު ގާސިމަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ.ދެ ޕާޓީން ވެސް ވަނީ ކުރީން މަޝްވަރާ ކުރެވޭތޯ މަސައްކަތްތަކެއް ކޮށްފައެވެ. އޭރު ޖުމްހޫރީ ޕާޓީން އެދުނީ ޕީޕީއެމްގެ ތާއީދަށެވެ. ޕީޕީއެމުން އެދުނީ ގާސިމާއި ޖުމްހޫރީ ޕާޓީގެ ތާއީދަށެވެ. ނަމަވެސް ދެ ފަރާތުން ވެސް ނިންމީ އެއްވެސް ބަޔަކަށް ތާއީދު ނުދިނުމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ