އާރްޓީއެލް ބަހުގެ ހިދުމަތް ފަށާ ދިއްދޫ ރައްޔިތުން ހެއްވާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ އާރ.ްޓ.ީއެލްގެ އާންމު ބަހުގެ ޚިދުމަތް ހއ. ދިއްދޫގައި މިއަދު ފަށައިފިއެވެ.
ދިއްދޫގައި ފެށޭ މި ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ 2 ބަހެވެ. މި ބަސްތަކުގައި 22 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެ ކަމަށާއި، މީގެ އިތުރުން 10 މީހުންނަށް ކޮޅަށް ތިބެވޭނެގޮތަށް އަތުން ހިފަހައްޓާނެ ހޭންޑަލް ހުންނާނެއެވެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އެއްފަހަރާއި 32 މީހުންނަށް ދަތުރުކުރެވޭނެ ޖާގަ މި ބަސްތަކުގައި ހުންނާނެ ކަމަށާއި، މި ޚިދުމަތް މާދަމާ ފެށުމަށްފަހު އެއް ހަފްތާ ވަންދެން ކަސްޓަމަރުންނަށް މުޅިން ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ހަމަޖަހިފައިވާ ކަމަށް އެމްޓީސީސީ ން ބުނެއެވެ.
ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން އާރްޓ.ީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ބައްލަވައިގެން ދަތުރުކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އާރ.ްޓ.ީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
މި މުއްދަތު ނިމޭ ފަހުންވެސް 3 އަހަރުން ދަށުގެ ކުޑަ ކުދިންނާއ،ި މަދަރުސާގައި ކިޔަވާ ކުދިންނާއ،ި ހާއްސަ އެހީއަށް
ބޭނުންވާ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ހިލޭ ދަތުރު ކުރެވޭނެއެވ.ެ އާރ.ްޓ.ީއެލް ދިއްދޫ ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތުވެސް އާރް.ޓ.ީއެލް ޓްރެވަލް އެޕް އިން ފަސޭހައިން ބައްލަވައިލެވޭނެއެވ.ެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ