2018 ވަނަ އަހަރު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިއްރު ބައްދަލުވުމެއް ސިންގަޕޫރްގައި ބޭއްވި ކަމަށާއި، އެއިރުވެސް ތިބީ އެމަނިކުފާނާއި އެކުގައި ކަަމަށް ހާމަކުރެއްވި ކަަމަށް މޯލްޑިވިއަން ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަލީ މައުރޫފް ރޭ ވިދާޅުވެއްޖެއެވެ.
"ސިންގަޕޫރަށް ގޮސް ހޮލިޑޭއިންގައި ސިއްރު ބައްދަލުވުމެއް ބޭއްވިން، އިސްލާމް ދީނުގައިވެސް ހުއްދަ ކަމެއް ބިރުވެރިކަމުގެ ހާލަތުގައި ސިއްރިއްޔާތުގައި ކަންތައް ކުރުމަކީ އެންމެ ބުއްދިވެރިންގެ ގޮތް ކަމުގައި އަޅުގަނޑުމެން ދެކުނިން. އަޅުގަނޑުމެން ޔަގީންކަން އެރުވިން މިތިބީ ރައީސްއާ އެކީގައޭ 2018ގައި".
އަދި އެ އިންތިހާބު ކާމިޔާބުކޮށްދިނުމަށް އެ ޕާޓީން ކޮށްދެވެން ހުރި ކަންތައް ކޮށްދޭނެ ކަަމަށްވެސް ވިދާޅުވި ކަމަށް މައުރޫފް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އޮތީ ހެޔޮ ނިޔަތެއްގައި ކަމަށާއި އެ ބޭފުޅުން ރައްޔިތުންނަށް ދެރަ ގޮތެއް ނުހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގަ ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ތާޢީދު ކުރުމަށް އެމްޑީއޭއިންނާއި އަދާލަތުން ވަނީ ނިންމާފައެވެ.
މި އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައި އެކުގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީއެއް ލިބުމާއެކު އަދާލަތު ޕާޓީގެ މަޖިލިހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ފާސްކޮށްފައެވެ.
އެމްޑީއޭގެ މި ނިންމުމާއެކު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ މިކަމަަށް ޝުކުރުއަދާކޮށްފައެވެ.
ރައީސް ސޯލިހްގެ މި އަހަރުގެ ރިޔާސީ ކެމްޕެއިން "އުފާވެރި އަމާން ރާއްޖެ" ފެށުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މީގެކުރިން ބޭއްވި ތިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެރިކަމުގައި އޮންނަ ޕާޓީއަކާ އެކުގައި ކޯލިޝަން ހަދާނެ ބަޔަކު ނުވާ ކަމަށެވެ. އެކަމަކު، މިހާރު ވެރިކަމުގައި އޮތް އެމްޑީޕީ ރިޔާސީ ރޭހަށް ނުކުމެ ތިބީ ކޯލިޝަނަކާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިއީ ހެޔޮ ނިޔަތެއްގައި ތިއްބެވި ބޭފުޅުން. އެ ބޭފުޅުން ދެރަ ގޮތެއް ނުހައްދަވާނެ. މިއީ ރާއްޖޭގައި އުފެދޭ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މީގެކުރިން ފެނުނު މަންޒަރަކީ ވެރިކަމުގައި އޮންނަ ޕާޓީއަކާ އެކީގައި ބައިވެރިވާނެ އެއްވެސް ބަޔަކު ނުވުމެވެ. ދެން އޮތް ހުރިހާ ޕާޓީތަކުން އަރަނީ ވެރިކަން ބަދަލު ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެކުރިން ބޭއްވި ރިޔާސީ އިންތިހާބުގައި އެކަން ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ގޮތެއް ނިންމަވާ އިރުގައި ވަށައިގެން ހިނގި ކަންތައްތަކާއި މިހާރު ހިނގަމުންދާ ކަންކަމާ މެދުގައި ވިސްނަން ޖެހެއެވެ. އަދި ރައްޔިތުން ނިންމި ގޮތަށް ކޯލިޝަން ދެމި އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ކޯލިޝަން ދެމެހެއްޓުން. ސިޔާސީ ލީޑަރުން މިނިވަންކަމާ އެކުގައި ހަރަކާތްތެރިވޭ." ރައީސް ވިދާޅުވިއެވެ.
2018 ގައިވެސް ރައީސް ސޯލިހާ ސިއްރުން ބައްދަލު ކުރިން، ތިބީ އެކީގަ - އެމްޑީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ