"އެކަން ބަލާފަ ފިޔަވަޅު އަޅަން ޖެހިއްޖިއްޔާ އަޅާނަން،" ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިޝަލް "މި" ނޫހަށް ވިދާޅުވި އެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް ގައި ހުންނެވި އިދިކޮޅު ލީޑަރު / ރައީސް އަބްދުﷲ ޔާމީންގެ ބަންދަށް އިތުރު ލުއިތަކެއް ދިނުމަށް ވެފައިވާ އިގުރާރާއި އެމަނިކުފާނުު ހިލާފުވަމުންދާތީ އިންޒާރު ދީފައި ވަނިކޮށް އަނެއްކާވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުން އެ މައްސަލަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަން ފަށައިފި އެވެ.
ޖަލުގައި ވަރަށް ދިގު މުއްދަތަކަށް ހުންނެވުމަށް ފަހު ރައީސް ޔާމީން މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އެމަނިކުފާނު މާލެ ބަންދަށް ބަދަލު ކުރައްވާފަ އެވެ. ލިބިވަޑައިގެންނެވި ލުއިތަކާއެކު ރައީސް ޔާމީން އޭރު ގެންދެވީ ޕީޕީއެމް އޮފީހަށް ވަޑައިގެން މެންބަރުންނާއި ބައްދަލު ކުރައްވަމުންނެވެ. ޖަލްސާތައްް ވެސް ބޭއްވެވި އެވެ.އެހެންވެ، އިގުރާރާއި ހިލާފަށް ރައީސް ޔާމީން އަމަލުތައް ބަހައްޓަވަމުން ގެންދަވާކަން ފާހަަގަ ކުރެވުމުން، އެކަން އެގޮތަށް ނުކުރެއްވުމަށް ކަރެކްޝަން އިން ވަނީ އިންޒާރު ދީފަ އެވެ. އެޔާއެކު ޔާމީންގެ ހަރަކާތްތައް ހުއްޓާލެއްވި އެވެ.ނަމަވެސް، ރޭ ޕީޕީއެމް އޮފީހަށް އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ. އެ އޮފީހުގައި ޑރ. މުހައްމަދު ޖަމީލާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ފޮޓޯއެއް އެކްސްގައި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ހިއްސާކުރައްވާފަ އެވެ.އެކަމާ ގުޅިގެން ކަރެކްޝަނުން މިހާރު ވަނީ އެ މައްސަލަ ބަލަން ފަށާފަ އެވެ. އަދި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އަޅާނެ ކަމަށް ވެސް ބުންޏެވެ.
"އެކަން ބަލާފަ ފިޔަވަޅު އަޅަން ޖެހިއްޖިއްޔާ އަޅާނަން،" ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިޝަލް "މި" ނޫހަށް ވިދާޅުވި އެވެ.ޔާމީން ސިޔާސީ ހަރަކާތަކުން ރޭ ފެނިވަޑައިގެންފައިވާއިރު ޔާމީން އިސްވެ ހުންނަވާ ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އާ ޕާޓީއެއް އުފައްވަން މަސައްކަތް ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމް ލީޑަޝިޕާ ގުޅުން ކެނޑި މައްސަލަ ޖެހިގެންނެވެ. މިހާރު ވަނީ އެމަނިކުފާނު އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް އިލެކްޝަން ކޮމިޝަންގައި އެދިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޕާޓީ އޮފީހަށް ޔާމީން ވަޑައިގަތް މައްސަލަ ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ