އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި، ޑީސަލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި، ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން މިކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 40 ލާރި، އަދި ޑީސަލް ލީޓަރަކުން 45 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.
ތެލުގެ އަގަށް މިގެނެވުނު ހެޔޮ ބަދަލާއެކު އެސްޓީއޯއިން ދެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 14.33 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 14.62 ރުފިޔާ އަށެވެ.
Advertisement
މީގެ ކުރިންވެސް، މިއަހަރު ދެ ފަހަރު މަތިން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ތެލާއި ޑީސަލްގެ އަގު ހެޔޮ ކޮށްފައެވެ. 
މިފަހަރު އަގު ހެޔޮ ކުރުމުގެ ކުރިން، އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 14.73 ރުފިޔާ، އަދި ޑީސަލް ލީޓަރެއް 15.07 ރުފިޔާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ