ސެޕްޓެންބަރު 30 ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަކޮށް މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު އިންތިހާބު ކާމިޔާބުކުރުމުން ހުސްވާ މާލެ ސިޓީ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް މިހާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ނިންމަވައިފިއެވެ.
އެކަން އިއުލާނު ކުރައްވައި މަހްލޫފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މާލޭގެ އެންމެހާ ރައްޔިތުންގެ ތާއީދަށްވެސް އެދިލެއްވިއެވެ.
މިނިސްޓަރު މަހުލޫފް އެކްސް ގައި ކުރި މި ޕޯސްޓަށް ރިޕްލައި ނުކުރެވޭގޮތް ހަދައިފައި ހުރުމުން އާންމުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މިނިސްޓަރު މަހުލޫފް މޭޔަރުކަމަށް ހޮވުނަސް ރައްޔިތުންގެ އަޑު ނާއްސަވާ ރައްޔިތުންގެ އިހްސާސްތަކަށް ދޭނީ ބީރު ކަންފަތެއް ކަމަށް ބުނެ ބައެއް ބޭފުޅުން ޓުވީޓު ކުރެއްވިއެވެ.
ރައްޔިތުންގެ ގިނަ ބަޔަކު އެ ކަމާއި ނުރުހުން ފާޅުކުރަން ފެށުމުން މަހުލޫފް ވަނީ ފަހުން އެ ޕޯސްޓަށް ރިޕްލައި ކުރެވޭގޮތް ހަދައިފައެވެ. އެހެން ނަމަވެސް ފާޑު ކިޔަމުން ދިޔަ މީހުން ވަނީ އެ ގޮތަށް ހެދީ ކެމްޕެއިނަށް އެކަނި ކަމަށާއި ހޮވުމުން އަނެއްކާވެސް ރައްޔިތުންގެ އަޑު "ބްލޮކް" ކޮށްލައްވާނެ ކަމަށް ބުނެފައެވެ.
ނޮވެންބަރު 17 ވަނަ ދުވަހު ދައުރު ހަމަވާ މި ސަރުކާރުގެ މަސައްކަތްތަށް ލަސްވުމާއި ގިނަ ވައުދުތަކެއް ނުފުދި ހުރުމުގެ ޒިންމާ މިނިސްޓަރު މަހުލޫފުވެސް ނަންގަވަން ޖެހޭނެކަމަށާއި އެމަނިކުފާނަކީ "ފެއިލް ވެފައިވާ ޕްރޮޑަކްޓެއް" ކަމަށް ބުނެ ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ