ރާއްޖޭގެ އަމަން އަމާންކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ރިޔާސީ ލޯންޗްކޮޅުގައި ރައީސް ހުންނަވަނިކޮށް ނުރައްކާތެރި ގޮވުމެއް ގޮވާފައިވާ މި ދަނޑިވަޅުގައި ސުޕްރީމް ކޯޓުން މިއަދު އާންމު ކުރި ބަޔާނުގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ފަރުދުންނާއި ދައުލަތުގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ދިވެހި ޤައުމުގައި އަމްނު އަމާންކަމާއި ސުލްޙަވެރިކަމާއި ހަމަހިމޭންކަން ޤާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ގާނޫނީ ވެރިކަން ނަގަހައްޓާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެކަމުގެ ޔަޤީންކަން އަރުވާއިރު، ދިވެހިރާއްޖޭގައި އަމްނު އަމާންކަން ޤާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން އަޅަމުން ގެންދާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.
އަމަންއަމާންކަން ކަށަވަރު ކުރަން ފިޔަވަޅު އަޅާނަން: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ