ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެ ތިން ވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭންއަށް ބަދަލު ގެނެސް، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށްފައިވާތީ، އެތަނުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ސަރަހައްދަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.
އެ ބަދަލާ ގުޅިގެން އެ ސަރަހައްދުން މީގެ ކުރިން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކަށް އާ ލޮޓް ނަންބަރުތަކެއް ދީ، ގޯތި ލިބޭނެ ސަރަހައްދުތައް އަލުން ކަނޑައަޅަން ގުރުއަތުލާފައިވަނީ މިދިޔަ ޑިސެމްބަރު ތެރޭގަ އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިރޭ 'ދައުރު'އަށް ބުނީ އެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ތެރެއިން 337 މީހަކާ އެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އިން ވަކިކޮށް، މިއަދު ގޯތި ހަވާލުކުރީ 15 މީހަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރަކުން ގޯތިތައް ހަވާލުކުރަމުންދާނެ އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީން، ޖުމްލަ 698 ގޯތި ދޫކުރާނެ އެވެ. އެއީ:
1650 އަކަފޫޓުގެ 181 ގޯތި
2050 އަކަފޫޓުގެ 242 ގޯތި
2450 އަކަފޫޓުގެ 132 ގޯތި
2850 އަކަފޫޓުގެ 62 ގޯތި
3250 އަކަފޫޓުގެ 41 ގޯތި
3650 އަކަފޫޓުގެ 16 ގޯތި
4000 އަކަފޫޓު 24 ގޯތި
ހުޅުމާލެ ތިނަކުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ