އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ހާލަތުގައި އެދެވެނީ މުސްލިމުންނަށް ބާރުވެރިކަމާއި ގަދަވެރިކަމާއި ހައިބަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ, މި އަހަރުގެ އީދުގެ އުފާ އިސްލާމީ އުންމަތާ ބައްދަލުކުރި އިރު, އުންމަތް މިއޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ.
ހާއްސަކޮށް, ފަލަސްތީނުގައި, އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަހުންނެއް, އުހުތުންނެއް ވަނީ ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.
”މުއުމިނުންގެ މިސާލަކީ, އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ, މި ހުރިހަ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވަމެވެ. މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެރި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ގަދަވެރިކަމާއި ހައިބަތެވެ,“ ރައީސް ވިދާޅުވި އެވެ.
މުސްލިމުން އުފުލާ ހުރިހާ ވޭނުގައި ބައިވެރިވަން, އެދެނީ މުސްލިމުންނަށް ބާރުވެރިކަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ