އަހަރުގެ މިހާތަނަށް ރަޝިއާ އިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން އައި ފަތުރުވެރިންގެ އަދަދު 100,450 އަށް އަރައެވެ. އެއީ ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންގެ 13 އިންސައްތައެވެ. ރަޝިޔާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.
ލިސްޓުގެ އެއްވަނާގައި އޮތީ ޗައިނާއެވެ. އެގޮތުން ޗައިނާއިން މިހާތަނަށް 116,441 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންގެ 15.1 އިންސައްތައެވެ.
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއަށް މުޅި ޖުމުލަ 786,529 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,313 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 180 ރިސޯޓާއި 945 ގެސްޓްހައުސްގެ އިތުރުން 172 ސަފާރީ އާއި 16 ހޮޓާ ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 67,983 އެނދު އޮޕަރޭޓްކުރެއެވެ.
ރަޝިޔާއިން އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ