މެދުއިރުމަތީގައި އުފެދިފައިވާ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައިނާރު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. އީރާނުން އެ ސަރަހައްދުގެ ދަތުރުފަތުރުތަކަށް އިންޒާރު ދިނުމާ ގުޅިގެން، ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލިދާނެ ކަމުގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ރޭޑިއޯ މެދުވެރިކޮށް ދެމުންދާ އިންޒާރުތަކުގައި ބުނެފައިވަނީ، މަސްރަހު ނުތަނަވަސްވެފައިވާތީ އެ ސަރަހައްދުން އުޅަނދުފަހަރު ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. މިކަމާ ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާގެ މެރިޓައިމް އިދާރާތަކުން ވަނީ، ކޮމާޝަލް އުޅަނދުފަހަރު ހޯރްމޫޒް ކަނޑުއޮޅި އާއި އޮމާން ކަނޑުގެ ސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ. މިހާރު ވެސް އެތައް ސަތޭކަ އުޅަނދެއް ވަނީ ދަތުރު މެދުކަނޑާލައި، ރައްކާތެރި ސަރަހައްދުތަކުގައި މަޑުކޮށްފައެވެ.
ދުނިޔޭގެ ތެލުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް 25 ޕަސަންޓު ދަތުރުކުރާ މި ކަނޑުއޮޅި ބަންދުވުމަކީ ދުނިޔޭގެ އިގުތިސާދަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ޖަޕާނާއި ގްރީސް ފަދަ ގައުމުތަކުގެ ބޮޑެތި ތެޔޮ ކުންފުނިތަކުން މިހާރު ވެސް ވަނީ އެ ސަރަހައްދުން ކުރާ ދަތުރުތައް މަޑުޖައްސާލާފައެވެ. މިއީ ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ހަކަތައިގެ އަގު މުޅި ދުނިޔޭގައި އުފުލިގެންދާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން އަންނަނީ ބުނަމުންނެވެ.
ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު ރައީސް ވަހީދު ފޮރުވި ކަމަށް ބުނެ މަޖިލިހަށް މައްސަލައެއް މަގުބޫލު ލިޔުންތައް މާލޭގެ ގެއަކުން މީހަކު ސަލާމަތްކުރި ބިރުވެރި ހާދިސާ 9,000 ރުފިޔާގެ ފްލެޓް 25,000 އަށް ކުއްޔަށް ދޭ މައްސަލަ ބަލަނީ މަސްތުވާތަކެތީގެ މައްސަލަ: ފުވައްމ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ