ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގައި އީރާނުން ގެންގުޅޭ ސިޔާސަތަށް ބޮޑު ބަދަލެއް ގެންނަވާނެކަން އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ، ހާމަކުރައްވައިފިއެވެ.
މި ހަނގުރާމައިން އަވަސްވީ ގޮތަކުން ޓްރަމްޕް ނުކުންނަން ބޭނުންވާއިރު، ސުލްޙައިގެ މަޝްވަރާތަކުގައި ހުރްމުޒް ކަނޑުއޮޅީގެ ބައެއް ބާރުތައް އީރާނަށް ދޭން އެއްބަސްވުމަކީ ގަލްފުގެ ޤައުމުތަކުގެ މެދުގައި އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއްގެ ގޮތުގައި މާހިރުން ސިފަކުރައްވައެވެ. އެކަމުގެ އިޝާރާތެއް، ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމުން މަރުޙަބާ ކިޔައި ގަލްފުގެ ޤައުމުތަކުން ނެރުނު ބަޔާންތަކުގައި ވެސް ވަނީ ދީފައެވެ. މިގޮތުން، ހުރްމުޒް ކަނޑުއޮޅި އެއްވެސް ހިފެހެއްޓުމެއްނެތި، ހުޅުވާލެވިފައި އޮންނަންޖެހޭކަމަށް އެ ބަޔާންތަކުގައި ބާރު އަޅާފައިވެއެވެ.
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގައި މިދަނީ އާ މަރުޙަލާއަކަށް: މުޖުތަބާ ޚާމަނާއީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ