މާމިގިލީ މަގުތައް ނުނިމި ހަތް އަހަރު، އަނެއްކާވެސް މަގު ހަދަން ފަށައިފި

ނުނިމި އޮތް، އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް އަލުން މިއަދު ފަށައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބެވެ. މާމިގިލީގެ މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަކަށް ތަރައްގީކުރަން ފެށީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި 2018ވަނަ އަހަރެވެ. https://x.com/MoCImv/status/2008471274365087825 ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި, މާމިގިލީ މަގު ހަދައި 14 މަހުން ނިންމާ ގޮތަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މަސައްކަތް ހަވާލުކުރިއެވެ. ނަމަވެސް، އެ މަސައްކަތް ކުރިއަށް ގޮސްފައިނުވެއެވެ. މާމިގިލި ކައުންސިލުން 'ސަން'އަށް މިއަދު ބުނީ، މަގުތައް ހެދުމުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި، ނަމަވެސް މަގުތައް ހެދުމުގެ މަސައްކަތް ދިޔައީ މަޑު ދުވެއްޔެއްގައި ކަމަށެވެ. މާމިގިލީގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން މިފަހަރުވެސް ހަވާލުކުރީ އާރުޑީސީއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ