ގާނޫނުއަސާސީއަށް ސަރުކާރުން މިއަދު ހުށަހެޅި ބިލުގެ މަސައްކަތް 10 ދުވަސް ތެރޭ ނިންމުމަށް އެ ބިލު ދިރާސާ ކުރާ ކޮމިޓީން ނިންމައިފި އެވެ. އެއާ އެކު، އެ ބިލަށް އާންމުންގެ ހިޔާލަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
ވީ ކިހިނެއް؟ - ޗުއްޓީގައި އޮތް މަޖިލީހުން މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކުގައި ބާއްވައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރާ ގޮތަށް ހުށަހެޅި އެ އިސްލާހުގެ ބަހުސް މިއަދު މެންދުރު މަޖިލީހުން ނިންމައި ވަނީ ބަލައިގެންފަ އެވެ.
ތަފްސީލު- ބިލު ދިރާސާ ކުރުމަށް ފޮނުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. މިއަދު މެންދުރުފަހު 2 ޖެހިއިރު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ މި މަހު 15އާ ހަމައަށް ކުރިން އާންމުންގެ ހިޔާލެއް އޮތް ނަމަ، ހުށަހެޅުމަށް ހުޅުވާލުމަށެވެ.
އެއާ އެކު، މި މަހު 15ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2ގެ ކުރިން ހިޔާލު ފޮނުވުމަށް މަޖިލިސް އިދާރާއިން ވަނީ އެދިފަ އެވެ.
ފަސް މިނެޓަށް ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ބިލުގެ މަސައްކަތް އެ ކޮމިޓީން ނިންމާނެ ސުންގަޑި ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން:
ކޮމިޓީގެ ނައިބު މުގައްރިރު، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވީ މި މަހު 15ގެ ކުރިން ސުންގަޑި ކަނޑައެޅުމަށް
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ
ހުށަހެޅުން ފާސްވީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން
ގާނޫނުއަސާސީ އިސްލާހު 10 ދުވަސް ތެރޭ ކޮމިޓީން ނިންމަނީ؛ ހިޔާލަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ