ތ ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ނިމެމުންދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ހާމަކޮށްފި އެވެ.
އެމްއޭސީއެލުން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފައެވެ. އެގޮތުން އެކުންފުނީން ބުނީ ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށަ 65 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު މިހާތަނަށް ނިމިފައިވަނީ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ކަމަށްވެސް އެމްއޭސީއެލުން ވަނީ ހާމަކޮށްފައި އެވެ.
އެމްއޭސީއެލުން ވަނީ މި މަޝްރޫއުގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށްދާކަން ހާމަކޮށްފައެވެ.
ވިލުފުށީ ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަމުންދަނީ 11،300 މެޓްރިކް ޓަނުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށްވާ ފިލިޕޯ ބްރޫނެލެޝީ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 14 ނޮވެމްބަރު 2025 ގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެގޮތުން މި މަޝްރޫއަކީ އެރަށުގެ އެއާޕޯޓަށް ބޭނުންވާ ބިމަށާއި ރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހޯދުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއެކެވެ.
ވިލުފުށީ ބިން ހިއްކުން: 65 ހެކްޓަރުގެ ބިން ހިއްކައި 80 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ