ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

ނ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފަށައިފި އެވެ.
ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހަވީރު އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިފާޢީ ވުޒާރާގެ ނައިބު ފާޠިމަތު މިޒުނާ ޢަލީ އެވެ. ދިފާޢީ ވުޒާރާގެ އިސްވެރިންގެ އިތުރުން، އެކި ވުޒާރާތަކުގެ އިސްވެރިން އަދި ވެލިދޫ ޞިއްޙީ މަރުކަޒުގެ އިސްވެރިންނާއި އެރަށު މުއައްސަސާތަކުގެ އިސް ބޭފުޅުން ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިޒްނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވެލިދޫގައި މި ޚިދުމަތް ޤާއިމްކުރުމަށްޓަކައި ވަގުތުން މަސައްކަތް ފައްޓަވާ، އެވުޒާރާއަށް ބޭނުންވާ އެހީތެރިކަން ރައީސް ފުރިހަމައަށް ދެއްވި ކަމަށެވެ. އަދި ވެލިދޫއަކީ ފަތުރުވެރިކަމުގައި ކުރިއަރާފައިވާ ރަށަކަށް ވުމުން ސީ އެމްބިއުލާންގެ ޚިދުމަތް ޤާއިމްވެގެންދިއުމަކީ ޞިއްޙީ ދާއިރާގެ އިތުރަށް އެ ސަރަޙައްދުގެ އިޤްތިޞާދީ މަސައްކަތްތަކަށްވެސް ވަރުގަދަ އައްޑަނައަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިޒުނާ ވިދާޅުވީ، ސިއްޙީ ރައްކާތެރިކަމާއި އަވަސް ފަރުވާގެ ނިޒާމެއް އޮތުމަކީ ވިޔަފާރިވެރިންނަށް އިންވެސްޓަރުންގެ މެދުގައި އިތުބާރު ބޮޑުވެ، އެތައް ބަޔަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މީގެ ކުރިން ނ. އަތޮޅުގައި ސީ އެމްބިއުލާންސް އޮޕަރޭޓްކުރަނީ ހަމައެކަނި މަނަދޫގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ