މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތް އޮބްޒާވްކުރަން އާންމުންނަށް ހުޅުވާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އޮބްޒާވްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް އޮބްޒާވްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިރޭ 12:00 އާއި ހަމައަށެވެ.
މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން [email protected]އަށް އީމެއިލް ކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިވަޑައިގެންފައެވެ. އޮބްޒާވްކުރުމަށް ހުށަހަޅާ ފަރާތްތަކުން މެއިލް ކުރާއިރު، ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު މެއިލްގައި ހިމެނުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު ދޫނިދޫގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ